ރާއްޖެއަށްް އެތެރެކުރަން އުޅުނު 26.7 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އިންޑިއާގެ ފުލުހުން އަތުލައިގެންފި އެވެ.
އިންޑިޔާގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެގަފައި ވަނީ 11.5 ކިލޯގެ ހަޝިޝް އޮއިލް އާއި 2.5 ކިލޯގެ ގަންޖާ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތައް ބުނެއެވެ.
އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ރާއްޖެ ގެންދިޔުމަށް އެ ތަކެތި އެޖެންޓަކާ ހަވާލުކުރުމަށް ވެހިކަލެއްގައި ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް