ބޭރުގެ ކޮޅުވެއްޓިއަކަށް ރުއް ބަރުކުރި މައްސަލަ ބަލަނީ

ރިސޯޓް ޕްރޮޖެކްޓްއަކަށް ދޫކޮއްފައިވާ ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ލ. ގަމުން ރުއް ބަރުކުރާ މައްސަލަ ކަސްޓަމްސްއިން ބަލަންފަށައިފިއެވެ. ކަސްޓަމްސްއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިސޯ...

25 May 2019 | 07:09

ރިސޯޓް ޕްރޮޖެކްޓްއަކަށް ދޫކޮއްފައިވާ ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ލ. ގަމުން ރުއް ބަރުކުރާ މައްސަލަ ކަސްޓަމްސްއިން ބަލަންފަށައިފިއެވެ.

ކަސްޓަމްސްއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިސޯޓް ޕްރޮޖެކްޓްއަކަށް ދޫކޮއްފައިވާ ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ލ.ގަމުން ރުއް ބޭރުކުރާ ކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބިފައިވާ ކަމަށާއި، އެ މައްސަލައަށް އިތުރަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ އުޅަނދަށް ރުއް ބަރުކުރަމުންދަނީ ގަމު ކައުންސިލުން ހުއްދަދީގެން ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެ މައްސަލަ އެންވައަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދޫ އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ މައްސަލަ ކަސްޓަމްސް އިން ކޯސްޓްގާރޑްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް