މިދިޔަ ހޮނިހިރު ދުވަހު އެމްޓީސީސީގެ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެންމެ ބޮޑަށް އަނިޔާވި އަލީ އިމްރާން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
އިންޑިއާއަށް އޭނާ ގެންގޮސްފައިވަނީ އިއްޔެ ކަމަށާއި އިތުރު ފަރުވާއަށް ގެންދިޔަ ނަމަވެސް މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އިމްރާންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
އިމްރާން އިންޑިއާއަށް ގެންގޮސްފައިވަނީ އެމްޓީސީސީގެ އެހީ އާއި އާސަންދައިގެ ފުލް ކަވަރޭޖާއެކު އެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް އެމްޓީސީސީގެ އެ ލޯންޗުގައި ޕަމްޕު ބަދަލު ކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައިގެންނެވެ. އިމްރާންގެ އިތުރުން ތިން މީހަކަށް އަނިޔާވެފައިވާއިރު، އެ ހާދިސާގައި އިމްރާނުގެ ހަށިގަނޑުގެ 30 އިންސައްތަ ފިހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް