ލަންކާ ބޮމުގެ ހަމަލައިގާ މަރުވި މީހުންގެ އަދަދު 100 އިން ދަށްވެއްޖެ

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 253 އަށް ދަށް ވެއްޖެއެވެ. މަރުވި މީހުންގެ އަދަދު ކަމަށް ލަންކާގެ މީޑިއާތަކުން އެންމެ ފަހުން ހާމަކުރަމުންދިޔަ އަދަދަކީ 35...

25 Apr 2019 | 18:46

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 253 އަށް ދަށް ވެއްޖެއެވެ.

މަރުވި މީހުންގެ އަދަދު ކަމަށް ލަންކާގެ މީޑިއާތަކުން އެންމެ ފަހުން ހާމަކުރަމުންދިޔަ އަދަދަކީ 359 އެކެވެ. ނަމަވެސް މި އަދަދުން 106 މަދުވެފައިމިވަނީ މި އަދަދު ލަންކާގެ ހެލްތު މިނިސްޓްރީން ރިވިއު ކުރުމުންނެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ އަދަދު ކުރިން އެހާ މައްޗަށް ދިޔައީ ހަމަލާގައި މަރުވި މީހުންގެ އެކި ބައިބައިވެސް ވަކިން ގުނިފައިވާތީ ކަމަށެވެ. އެހެންވީ ހަމަލާތަކުގެ ވަރުގަދަކަމުން މީހުންގެ ގުނަވަންތައް ވަކިވެފައިވާތީ ކަމަށް ބުނެފައިވެއެވެ.

މަރުވި މީހުންގެ އަދަދު ދަށްވި ނަމަވެސް ޒަހަމްވި މީހުންގެ އަދަދު ދަށްވެފައެއް ނުވެއެވެ. ގާތްގަނޑަކަށް 500 މީހަކު ޒަހަމްވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް