އިނގުރައިދޫގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ރ. އިނގުރައިދޫގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 14:18 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ، މ...

25 Apr 2019 | 14:31

ރ. އިނގުރައިދޫގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 14:18 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި، އުމުރުން 22 އަދި 24 އަހަރުގެ ތިން ފިރިހެނުންނަށް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ.

މި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ތިން މީހުންނަށް މިހާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް