ގ.ކަމާރާ ކިޔާ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން އެލްމެނިއަމް ދޮރެއް މަގުމައްޗަށް ވެއްޓި ދެ ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.
މިހާދިސާ ހިނގީ މިއަދު ހަވީރު 17:50 ހާއިރުގައެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާ ހިނގި ވަގުތު ދުއްވާފައި ދިޔަ ސައިކަލެއްގައި ދޮރުން ޖެހުނުކަމުގައެވެ. އެ ސައިކަލުގެ އިތުރުން އެހެން ސައިކަލަކަށްވެސް ގެއްލުން ލިބިފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލަށް ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް