އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދުވަހު ދިން ބޮމުގެ ހަމަލާތައް ދިނުމުގައި ޖާނުން ފިދާވި އެކަކީ ކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމުގައި ސީއެންއެންއިން ބުނެފިއެވެ.
ސީއެންއެން އިން މިހެން ބުނެފައިވަނީ ލަންކާގެ ސަރުކާރު އިސް އޮފިޝަލަކާއި ހަވާލާދީ އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ އަދި ދޫކޮށްލީ ކޮން އިރަކު ކަމެއް ބުނެފައެއް ނުވެއެވެ.
ޖާނުން ފިދާވި މީހުންގެ ތެރޭގައި އިލްހާމް އަހްމަދު އިބްރާހިމް އާއި އޭނާގެ ބޭބެ އިންޝާފް އިބްރާހިމް ހިމެނެއެވެ. އަދި އިލްހާމްގެ އަންހެނުން ފާތިމާވެސް ވަނީ ތިން ދަރިންނާއެކު ޖާނު ގޮއްވާލައިގެން މަރުވެފައެވެ. އޭރު އޭނާ އިނީ ބަލިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ މީހާއަކީ އިލްހާމް އަހްމަދު އިބްރާހިމް އެވެ. މިއީ މި ހަމަލާ ތައް ދިން ދެބެންގެ ތެރެއިން އެކަކެވެ. މި ދެބެންނަކީ ލަންކާގައި ހަވާދު އުފައްދާ އެކްސްޕޯޓްކުރާ މަޝްހޫރު މަހުޖަނެއްގެ ދެ ދަރިންނެވެ. މި ދެބެންގެ ބައްޕަ ޔޫސުފް އިބްރާހިމްވެސް ހައްޔަރުކޮށް ސުވާލުކުރަމުން އަންނަކަމަށް ލަންކާގެ އޮފިޝަލް ސީއެންއެންއަށް ކަށަވަރުކޮށްދީފައިވެއެވެ.
ލަންކާ ފުލުހުން ބުނެފައިވާގޮތުގައި މި ހަމަލާތަކާއި ގުޅިގެން މިހާތަނަށް 70 އަށްވުރެ ގިނަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަލާތަކުގެ މައްސަލަ ތަހުގީގު ކުރުމުގައި ބައިނަލްއަގްވާމީ އެކްސްޕާޓުން ހަރަކާތްތެރިވަމުން އަންނައިރު އެމެރިކާގެ އެފްބީއައި އޮފިޝަލުންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް