މާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން "ވޯކް އެންޑް ޓޯކް" ގެ ނަމުގައި މިއަދު ކެމްޕޭނެއް ފަށައިފިއެވެ.
މި ކޭމްޕް ގަލޮޅު ޕޮލިސް ޓްޓޭޝަނުގައި ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއިލް ނަވީންއެވެ.
މި ކޭމްޕަކީ، މާލޭ ސިޓީގައި އުޅޭ ފުލުހުންނަކީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން އަޑުއަހައި، އެ ޝަކުވާތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ބުނެދިނުމުގެ އިތުރުން، ރައްޔިތުންނާއި ގާތްގުޅުމެއް އުފެއްދުމަށް ފެށި ކެމްޕޭނެކެވެ.
އެގޮތުން މާލޭގައި މިހާރު އޮންނަ ހަތަރު ނެއިބަރ ހުޑުން، ކޮންމެ ނެއިބަރ ހުޑެއް ދެ ޒޯނަކަށް ބަހާލުމަށްފަހު، އޭގެން ކޮންމެ ނެއިބަރ ހުޑެއް ހަ ސަބް ޒޯނަށް ބަހާލުމުން ޖުމްލަ 48 ސަބް ޒޯނަށް މާލެ ބަހާލުމަށްފަހު، މީގެން ކޮންމެ ސަބް ޒޯނެއްގައި ދެ ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުން ހަރަކާތްތެރިވާނެއެވެ.
މިރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ އާއި، ހެޑް އޮފް ގަލޮޅު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު އާއި، ހެޑް އޮފް މާފަންނު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދުގެ އިތުރުން ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުންނާއި ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް