ލަންކާގެ ޑިފެންސް ސެކްރެޓަރީ ހެމާސިރީ ފެނާންޑޯ އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ލަންކާގެ ނޫސްތަކުގައި މިހާރު ވަނީ ރިޕޯޓްކޮށްފައެވެ.
ޑިފެންސް ސެކްރެޓަރީގެ މަގާމުން ފެނާންޑޯ އިސްތިއުފާ ދީފައިވާއިރު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ބޭފުޅުން ފެއިލްވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ހަމަލާތައް ދޭން އުޅޭކަން ކުރިން އެނގިތިބެ އެ ހަމަލާތައް ނުހުއްޓުވުނީތީއެވެ.
ލަންކާ ސަރުކާރުން ބުނެފައިވާގޮތުގައި މިފަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ ސިގްނަލް އިންޑިއާގެ އިންޓެލިޖެންސުން ލަންކާއަށް ދީފައިވެއެވެ. މިކަމުގެ އިންޓެލިޖެންސް މައުލޫމާތު މި މަހުގެ ހަތަރަކުން ފެށިގެން ދެމުންގޮސްފައިވާކަމަށާއި އަދި ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިންވެސް ދީފައިވާކަމުގައި ލަންކާއިން ބުނެއެވެ.
ތިން ޗާޗަކާއި ތިން ހޮޓަލެއްގައި އަދި އިތުރު ދެ ތަނެއްގައި ދިން ބޮމުގެ އަށް ހަމަލާގައި 360 މީހަކު މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް