ޗައިނާގައި ދެއަތުގެ އަތްތިލަ ނެތް ކުއްޖަކު އަތުލިޔުމުގެ މުބާރާތަކުން އެއް ވަނަ ހޯދައިފިއެވެ.
އުމުރުން 10 އަހަރުގެ ސާރާ ހިންސްލީ ގެ އަތުލިޔުން ފެނުމުން މުބާރާތުގައި ޖަޖް ކުރަން ތިބި ޖަޖުންނަށް ރޮވުން ކަމުގައި ޗައިނާގެ ރިޕޯޓުތައް ބުނެއެވެ.
ސާރާ އެއްވަނަ ހޯދައިފައި ވަނީ ޗައިނާގައި ބޭއްވި ޒެނަރ-ބްލޯޒާރ ނޭޝަނަލް ހޭންޑްރައިޓިންގ ކޮންޓެސްޓުންނެވެ.
ގްރޭޑް 3 ގައި ކިޔަވަމުން އަންނަ ސާރާ މި މުބާރާތުގައި ލިޔެފައިވަނީ ކާސިވް ސްޓައިލަށެވެ. މި މުބާރާތުގައި ސާރާއަށް ވަނީ ނިކްލަސް މެކްސިމް އެވޯޑު ދީފައެވެ. އެއީ އެ މުބާރާތް ހިންގާ މީހުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ފާހަގަކޮށްލެވޭ ކުދިންނަށް ދޭ ވަރަށް ހާއްސަ އެވޯޑެކެވެ.
ސާރާ ލިޔަނީ ދެއަތުން ފަންސުރު ފިއްތައިގެންނެވެ. ސާރާ ބުނިގޮތުގައި ލިޔާކަށްވެސް އަދި އެހެން ކަމެއް ކުރާކަށްވެސް އުނދަގުލެއް ނޫނެވެ. އަދި ކާސިވް ސްޓައިލަށް ލިޔަން ވަރަށް ފަސޭހަ ކަމުގައި ސާރާ ބުންޏެވެ. ސާރާ މި ސްޓައިލް ގެ ލިޔުންތައް ސާރާ ސިފަ ކުރަނީ އާޓެއްގެ ގޮތުގައެވެ.
މީގެ އިތުރުން ސާރާ އަކީ ވަރަށް މޮޅަށް ކުރަހާ ޕެއިންޓް ކުރާ ކުއްޖެއް ކަމުގައިވެސް ޗައިނާގެ ރިޕޯޓުތައް ބުނެއެވެ. އެގޮތުން އުމުރުން ފަސް އަހަރުގައި ސާރާ ވަނީ ކުރެހުމުގެ މުބާރާތަކުން އެއް ވަނަ ހޯދައިފައެވެ.
ސާރާގެ މަންމަ ކެތްރީން ހިންސްލީ ބުނިގޮތުގައި، ސާރާ އަކީ ފެތުމާއި، ސުކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާ ކުއްޖެކެވެ. އެއްގޮތަކަށްވެސް އެއީ ދެ އަތްތިލަ ނެތް ކުއްޖެއް ކަމަށް އިހުސާސް ނުވާކަމަށް ކެތްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް