އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ގައުމުގެ އާންމު މާހައުލު ނުތަނަވަސްވެ އަދިވެސް ނުރައްކަލުގެ ބިރު އޮތްއިރު މިރޭ 10 އިން ފަތިހު 04 އަށް ކާފިއު އިއުލާނުކޮށްފިއެވެ.
ކާފިއު ހިންގާ ވަގުތު ސޯޝަލް މީޑިއާވެސް ބްލޮކް ކުރެއެވެ.
ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި 360 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އެ ދުވަހުގެ ހަމަލާތަކަށްފަހު އަދިވެސް ގައުމުގައި ނުރައްކާ ބޮޑުކަމަށް ލަންކާގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.
ލަންކާގައި ދިން ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އަމިއްލައަށް އުފުލާފައެވެ. ނަމަވެސް ލަންކާގެ ފުލުހުން ހާމަކުރާގޮތުގައި މި ހަމަލާއަކީ ލަންކާގެ ނެޝަނަލް ތައުހީތު ޖަމާއަތުން ދިން ހަމަލާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް