ބޮން ގޮއްވަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ނޫރައްލިއާއިން ފެނިއްޖެ

ބޮން ގޮއްވަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ނޫރައްލިއާއިން ފެނިއްޖެ ބޮން ގޮއްވަން ބޭނުންކުރާ ގިނަ އަދަދެއްގެ ޑިޓޮނޭޓަރު ނޫރައްލިއާއިން ފެނިފައިވާކަމަށް ލަންކާ ފުލުހުން ބުނެފިއެވެ. އެގޮތުން ނޫރައްލ...

25 Apr 2019 | 11:36

ބޮން ގޮއްވަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ނޫރައްލިއާއިން ފެނިއްޖެ

ބޮން ގޮއްވަން ބޭނުންކުރާ ގިނަ އަދަދެއްގެ ޑިޓޮނޭޓަރު ނޫރައްލިއާއިން ފެނިފައިވާކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

އެގޮތުން ނޫރައްލިޔާގެ ހަވާއެލިޔާ ސަރަހައްދުން 198 ޑިޓޮނޭޓަރު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ތަކެތި ހޯދާފައިވަނީ ލަންކާގެ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި ތަކެއްޗާއެކު ވޯކީ ޓޯކީފަދަ ބައެއް ސާމާނުވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ލަންކާގައި މިދިޔަ އާދިއްތަ  ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އަދިވެސް ލަންކާ އަމާންވެފައެއް ނުވެއެވެ. ނުރައްކާ އޮތްކަމަށްބުނެ ލަންކާ ފުލުހުން އަންނަނީ މަގުތަކުގައި ފޯރިމަރަމުންނެވެ. ރޭގަނޑަށް ކާފިއު ހިންގާ ސޯޝަލް މީޑިއާތައްވެސް ބްލޮކް ކުރެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 360 އަށްވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް