ރަމަޝާން ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ސުޕްމާޓް ހޯލްސޭލް ސެންޓަރުން އެތެރެކޮށް ވިއްކަމުންދާ ގިނަ އަދަދެއްގެ ކާބޯތަކެތީގެ އަގުތައް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، އެސްޓީއޯ ސުޕަމާރޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި، ކައްކާތެލުގެ އަގުވަނީ ބޮޑުތަނުން ހެޔޮކޮށްފައި ކަމަށާއި، އަގުހެޔޮކުރި އަގުތަކަށް ބަލާއިރު، 430 ރުފިޔާ އަށް ވިއްކި "ޗޮއިސް" ސިލްވާރ ބާސްމަތީ 1 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 370 ރުފިޔާއަށެވެ. އަދި 500 ރުފިޔާ އަށް ވިއްކި "ޗޮއިސް" ގޯލްޑް ބާސްމަތީ 1 ކިލޯގެ ކޭސް 450 ރުފިޔާ އަށް އަދި 430 ރުފިޔާއަށް ވިއްކި 5 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 400 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި "ޗޮއިސް" ބްރޭންޑްގެ ކޮލިޓީ ކައްކާތެލުގެ 1 ލީޓަރު، 2 ލީޓަރު، 5 ލީޓަރު އަދި 18 ލީޓަރުގެ ކޭހަކުން އެވްރެޖްކޮށް 15 ރުފިޔާ އާއި 30 ރުފިޔާގެ އަދަދަކުން އަގުހެޔޮކޮށްފައެވެ.
"ޗޮއިސް" ބްރޭންޑްގައި ހިމެނެނީ ކައްކާތެލާއި، ސަންފްލާވާ ތެލާއި، ބާސްމަތީ ހަންޑުލާއި، ޅަހަނޑުލުގެ އިތުރުން ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ އަގުހެޔޮ ޗޮއިސް ގެރިކިރު ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
"ޗޮއިސް" ބްރޭންޑްގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކިކިރާއި، "ޖަދީދާ" ބްރޭންޑްގެ މާޖިރީން، "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް، "ފްރަގާޓާ" ބްރޭންޑްގެ އޯލިވްއޮއިލް، "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެއިތުރުން ރޯދަވީއްލަން މިސްކިއްތަކަށް ރޯދަމަހު އެންމެގިނައިން ގެންދާ "އެލްސަބާ" ޖޫހުގެވެސް އަގުހެޔޮ ކޮށްފައިވާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
އެސްޓީއޯ ރަމަޝާން ބާޒާރު ފަށާފައިވަނީ މި އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ ސުޕަމާރޓް ފިހާރައިން ރީޓެއިލް ކަސްޓަމަރުންނަށް އަދި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން، ހޯލްސޭލް ކަސްޓަމަރުންނަށް ހިންގަމުން އަންނަ ޕްރޮމޯޝަނެއް ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް