ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ކަމެއް ސާފެއް ނުވޭ: ރައީސް ޔާމީން

ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ކަން ސާފު ނުވާކަމަށް މިއަދުގެ އަޑު އެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އަދި އެމަނިކުފާނުގެ އެކައުންޓަށް ވަން...

25 Apr 2019 | 10:56

ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ކަން ސާފު ނުވާކަމަށް މިއަދުގެ އަޑު އެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އަދި އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނޫން ކަމަށާއި އެއީ އެސްއޯއެފްގެ އެކައުންޓަކުން ފޮނުވި ފައިސާ ކަމުގައެވެ.

ރައީސް ޔާމީން މިހެން ވިދާޅުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދައުވާއަކީ ކޮރަޕްޝަންގެ ކުށެއްގެ މައްޗަށް ކުރާ ދައުވާ އެއް ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. ދައުވާގައި ވާގޮތުގައި، އެމްއެމްޕީއާރްސީގެ ފައިސާ ވަތް އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ޖަމާ ކުރި ކަމަށާއި، އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު ފަހުން ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރިކަމަށް ވެއެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ވަނީ ދައުލަތުގެ ފަރާތުން ބައިވަރު ހެކިތަކެއް ހުށަހަޅައިފައެވެ. މީގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ އަދި އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އޭސީސީގެ ރައީސް އާއި ނައިބު ރައީސް ވެސް ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

މިއަދުގެ އަޑު އެހުމުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވީ މެންދުރު 1:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް