ކޮކާކޯލާއިން ހިންގި އީޕީއެލް ފިއެސްޓާ ޕްރޮމޯޝަނުގެ ނަސީބުވެރީންނަށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ މެޗު ބަލައިލުމަށް މިއަދު އިނގިރޭސިވިލާތަށް ފުރައިފިއެވެ.
ޕްރިމިއާ ލީގުގެ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފަޑުގައެވެ.
ކޮކާކޯލާއިން ހިންގި މި ޕްރޮމޯޝަނުގައި ހޮވުނު ހަތް މީހުންނަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވަނީ ދީފައެވެ.
ކޮކާކޯލާއިން ބުނީ، ދަތުރުގެ ހުރިހާ ހަރަދެއް ކޮކާކޯލާ އިން ކުރާނެކަމުގައެވެ. އަދި މި ދަތުރުގައި މެޗު ބަލައިލުމުގެ ފުރުސަތުގެ އިތުރުން އިނގިރޭސިވިލާތުގެ ހާއްސަ ތަންތަން ބަލައިލުމާއި، ތަފާތު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެކަމަށްވެސް ކޮކާކޯލާއިން ބުންޏެވެ.
މި މެޗަކީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދުމަށް ދެ ޓީމުންވެސް ކުޅޭ މެޗެކެވެ. މި މެޗު ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް