މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 269 ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ހާމަކޮށްފިއެވެ.
މީރާއަށް ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 32 ފަރާތަކާއި، ޢާއްމު ވިޔަފާރި ކުރާ 237 ފަރާތެއް ހިމެނެއެވެ. މީގެތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނެއެވެ.
މީރާއިން ވިދާޅުވެފައިވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރައްވާނެކަމަށެވެ.
އަދި މި ވިޔަފާރިތަކުގެ ނަން އާންމުކޮއްފައިވަނީ ޖީއެސްޓީއަށް ރަޖިސްޓްރީކޮއްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތައް އަދި ޖީއެސްޓޯ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާއިން އަމަލު ކުރަމުން އަންނަ އަސޫލުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް