ގާނޫނީ ވަކީލު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެވިފައިވާ މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.
ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު 15:00 އަށް ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް އޭނާއަށް ސުޕްރީމް ކޯޓުން ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
ދުވާލަކު ދެ ފަހަރު ސުޕްރީމް ކޯޓަށް ހާޒިރު ކުރިޔަސް، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނާ ބުނުން ބަދަލެއް ނުކުރައްވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. ފަނޑިޔާރުގެ އިސްލާހު ކުރެވޭނ އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާކުރަން މިކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ވިދާޅުވުމުން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދުއަށްވެސް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގަވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް