ސިފައިންގެއަށް ހިދުމަތް ކޮއްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮއްފި

127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އެކި ފަރާތްތަކުގެ އަގު ވަޒަންކޮށް 'އަސްކަރީ ތާރީހް' ފޮތުގެ ތިންވަނަ އަދަދު އިފްތިތާހުކޮށްފި އެވެ. އެ ފޮތް ނެރެދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ ...

25 Apr 2019 | 06:44

127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އެކި ފަރާތްތަކުގެ އަގު ވަޒަންކޮށް 'އަސްކަރީ ތާރީހް' ފޮތުގެ ތިންވަނަ އަދަދު އިފްތިތާހުކޮށްފި އެވެ.

އެ ފޮތް ނެރެދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ އެވެ. އަދި ރޭ ބޭއްވި ޖަލްސާގައި އެކަމަނާ ވަނީ ސިފައިންނަށް އެހީތެރިކަން ދެއްވާފައިވާ އާއްމު ފަރާތްތަކަށް ހާއްސަ ފިލާ އަރުއްވާފަ އެވެ.

އެގޮތުން ހިންގުމުގެ ދާއިރާއިން އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ފިލާ އަރުވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފަށެވެ.  އަދި ސިފައިންގެއަށް އެންމެ ފުރަތަމަ ރެކުރޫޓް ކުރެވުނު ކަނބަލުންގެ ތެރެއިން މިހާރު ވެސް ހިދުމަތުގައި ތިއްބެވި ދެ ކަނބަލުންނަށް ހިދުމަތުގެ ހާއްސަ ލިޔުމެއް ވެސް އަރުވާފައި ވެއެވެ.

މީގެ އިތުރުން ސިވިލް ސްޓާފުންނަށް ދެވޭ އަގުވަޒަން ކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ބްރިގޭޑިއަ ޖެނެރަލް ވައިސް ވަހީދެވެ.  ހަމައެއާއެކު އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންނަށް ކޮމަންޑޭޝަން ލެޓަވެސް ހަވާލުކޮށްފައި ވެއެވެ.

127 ވަނަ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އާންމު ފަރާތްތައް ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް