މި މަހުގެ 13 ވަނަ ދުވަހ ބޭއްވުނު ފިއްލައިދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި 2 ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.
މި ދެ ކައުންސިލަރުން ހުވާ ކުރެއްވީ ފިއްލަދޫ ސްކޫލު ހޯލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެއެވެ. މި ދެ ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް ފަނޑިޔާރު އަލީ މުޚްތާރެވެ.
ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވާނީ ކުރިން އެކައުންސިލަށް އިންތިޚާބުވި ދެ ކައުންސިލަރުންކަމަށްވާ ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު ޖައުފަރާއި ކައުންސިލު މެމްބަރު މުހައްމަދު ނާފިއު، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވި ދެ ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް