ތަމްރީން ފުރިހަމަ ކުރި 125 ޓެކްސީ ޑްރައިވަރުންނަށް ސެޓްފިކެޓް ހަވާލުކޮއްފި

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ މިއަހަރުގެ ތިންވަނަ ބުރު ފުރިހަމަކުރި 125 ޑްރައިވަރުންނަށް ސްޓްފިކެޓް ހަވާލު ކޮއްފިއެވެ. މާލޭގައި ޓެކްސީގެ ހިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައ...

25 Apr 2019 | 06:03

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ މިއަހަރުގެ ތިންވަނަ ބުރު ފުރިހަމަކުރި 125 ޑްރައިވަރުންނަށް ސްޓްފިކެޓް ހަވާލު ކޮއްފިއެވެ.

މާލޭގައި ޓެކްސީގެ ހިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ 'ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓެވެ.

މި ޕްރޮގްރާމް ނިންމުމަށް އިސްކަންދަރކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ.

މި ރަސްމިއްޔާތުގައި ހުސެއިން ސަމީރު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ގަވާއިދާ ހިލާފަށް މަގުމަތިން ދަތރު ނަގަމުންދާކަމަށާއި، އަދި މަގުމަތީގައި ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.

އޭގެ އިތުރުން ބާވެ ގިނަދުވަސްވެފައިވާ ޓެކްސީތައް، ޓެކްސީ ނިޒާމުގެ ތެރޭގައި ބޭނުންކުރަމުންދާކަމަށާއި އެކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭޕްރީލް 14 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައޮ 125 ޑްރައިވަރުން ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވާއިރު، އެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީމްއެވެ.

އެ ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި، މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާއި ޓެކްސީ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް