ކަނޑު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދީފިއެވެ.
މެރިން ޕޮލިހާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ދޫނިދޫގައި އަންގާރަ ދުވަހުގެ ރެއެވެ.
އެޕްރޮގްރާމްގައި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި އެ ގާނުނާއި ގަވާއިދުތަކަށް އަލަށް ގެނެވުނު ބަދަލުތަކަށް މުވައްޒަފުން އަހުލުވެރި ކުރުމަށް ވަނީ މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މެރިން ޕޮލިސްގެ މުވައްޒަފުންނާއި އިންޑަސްޓްރިއަލް ސެކިއުރިޓީ ޑިޕާޓުމަންޓުގެ މުވައްޒަފުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް