އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. އެކަމުގައި މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔ...

25 Apr 2019 | 05:37

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

އެކަމުގައި މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިސްކަންދަރު ސްކޫލުގެ ޑިޖިޓަލް ލައިބްރަރީ "ނޮލެޖް ހަބް" އިފްތިތާހު ކޮއްދެއްވައި، އަދި އިސްކަންދަރު އޮކެސްޓްރާ ބޭންޑް ވެސް ވަނީ އިފްތިތާހު ކޮއްދެއްވާފައެވެ.

އަދި އެމަނިކުފާނު ވަނީ "ސޭވިން އަވާ ބިލަވްޑް ޕްލެނެޓް"ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފަ އެވެ.

މީގެއިތުރުން މި ހަފްލާގައި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ދިން ހަނދާނީ ފިލާ އެފަރާތްތަކާ ރައީސް ހަވާލުކޮށްދެއްވާފައިވެއެވެ.

އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމުގެ ގޮތުން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި ވެސް ހަވާލުކުރެވުނެވެ.

ހަމައެއާއެކު، ރައީސް ސޯލިހު ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިވެސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް