ރެހެންދި މަގުގައި ހުންނަ، ކުޅިވަރު ސާމާނު ވިއްކާ ފިހާރަ، ސްޕޯޓްސް ޕްލަސް ފަޅާލައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުނީ ފިހާރަ ފަޅާލާފައިވާކަން އެނގުނީ ހެނދުނު ހުޅުވަން އައުމުން ކަމަށެވެ.
"ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައި ފަޅާލާފައިއެވަނީ، ވަދެފައި ހުރީ ތަޅު ހަލާކުކޮށްލައިގެން" އެ ފިހާރައިން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފިހާރައިން ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ސީދާ ބުނަން އެނގޭނީ ރޭ ބަންދުކުރި އިރު ހިސާބު ނިންމި ކުއްޖާ އައުމުން ކަމަށެވެ. އަދި ފިހާރަ ފަޅާލުމުގެ ކުރިން ފިހާރައާއި ދިމާއަށްހުރި ކެމެރާ އަނބުރާލައި، މަތީބައިގާ ހުރި ކެމެރާ ސިސްޓަމްވެސް ގެންގޮސްފައިވާކަމަށް އޭނާ ބުންޏެވެ.
މި ދުވަސްވަރަކީ ވައްކަމާ ފޭރުން ގިނަ ދުވަސްވަރެކެވެ. ކުރިއަށް އޮތީ ރޯދަމަސް ކަމުގައިވާއިރު ރޯދަމަހަކީ އާއްމުގޮތެއްގައި ފޭރުމާއި ވައްކަން ގިނަ މަހެކެވެ. ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް