ރޯދަމަހަށް ބީޗް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަނީ: ސިޓީ ކައުންސިލް

އާޓިފިޝަލް ބީޗް ސަރަހައްދަށް ބަދަލުތަކެއް ގެނައުމަށްފަހު ރޯދަމަހަށް އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތ...

25 Apr 2019 | 04:54

އާޓިފިޝަލް ބީޗް ސަރަހައްދަށް ބަދަލުތަކެއް ގެނައުމަށްފަހު ރޯދަމަހަށް އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ރޯދަމަހަށް ނިމޭނެ ކަމަށާއި އެ ސަރަހއްދު ހުޅުވާއިރު ބަދަލު ތަކެއް ފެނިގެން ދާނެ ކަމަށް ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވިއެވެ.

އަދި އެ ސަރަހައްދު ތަރައްގީކޮށް ނިމޭއިރު ބީޗް ސިފަވާނީ ޕާކެއްގެ ގޮތުގައި ކަމަށާއި ޖޯލިފައްޗާއެކު އިތުރު ވަސީލަތްތައް އެތަނުން ލިބެން ހުންނާނެ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

ރޯދައިގެ ކުރިން އެ ސަރަހައްދުގައި އިތުރު ގަސް އިންދައި އިށީންނާނެ ބެންޗްތައް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ހެދުމަށް ނިންމާފައިވާއިރު މޫދަށް އެ ރޭ ސަރަހައްދު އިތުރަށް ފުންކުރުމަށާއި ލައިފް ގާޑުން ތިބޭނެ ޕޯސްޓްތަކެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ބީޗް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮއްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު  ވިދާޅުވީ ރޯދައަށް މަސައްކަތް ނިންމައިދިނުމަށް ރައީސް އޮފީހުން އެދިފައިވުމުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް