19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަތުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފިއެވެ.
އީސީ އިން ބުނެފައިވަނީ ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަންނާނީ އީސީގެ ފަސްވަނަ ފަންގިފިލައިން ކަމަށެވެ.
މާލީ ބަޔާން ބަލައިގަންނާނެ ގަޑިތައް ބަޔާން ކޮއްފައިވާއިރު ބުދަ ދުވަހާއި ބްރާސްފަތި ދުވަހު މާލީ ބަޔާން ބަލައިގަތުން އޮންނާނީ ހެނދުނު އަށަކުން ރޭގަނޑު 12 އަށެވެ. އަދި ހުކުރު ދުވަހު މާލީ ބަޔާން ބަލައިގަތުން މެންދުރު 14:30 އިން ރޭގަނޑު 12 އަށް އޮންނަ އިރު ހޮނިހިރު ދުވަހު މާލީ ބަޔާން ބަލައިގަންނާނީ ހެނދުނު ނުވަޔަކުން ރޭގަނޑު 12 އަށް ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު އިންތިހާބާ ގުޅިގެން ކޮއްފައިވާ ހަރަދުތަކުގެ ތަފްސީލް ހިމަނަންޖެހެއެވެ. އިންތިހާބަށްފަހު 30 ދުވަސްތެރޭގައި ހުރިހާ ކެންޑިޑޭޓުން އެ ކެންޑިޑޭޓެއްގެ މާލީ ބަޔާން އިލްކްޝަންސް ކޮމިޝަން އަށް ހުށަހެޅުމަކީ ކެންޑިޑޭޓް އަދި ކެންޑިޑޭޓްގެ އެޖެންޓްގެ ގާނޫނީ ޒިންމާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް