ދެހިވަލައިގަ ގޮވި ބޮމަކީ ތާޖް ސަމުދްރާ ހޮޓެލްގައި ގޮއްވާލަން އުޅެ ނުގޮވި ބޮމެއް

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ނުރައްކާޓެރި ބޮމުގެ ހަމަލާތަކެއްގައި 359 މީހަކު މަރާލާފައިވާއިރު އޭގެ ތެރެއިން އެއް ގޮވުން ގޮއްވާލާފައިވަނީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުން އ...

25 Apr 2019 | 03:06

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ނުރައްކާޓެރި ބޮމުގެ ހަމަލާތަކެއްގައި 359 މީހަކު މަރާލާފައިވާއިރު އޭގެ ތެރެއިން އެއް ގޮވުން ގޮއްވާލާފައިވަނީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުން އަންނަ ދެހިވަލައިގާ ހުންނަ ކުޑަ ގެސްޓްހައުސްއެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ބޮން ގޮއްވާލީކީ ނޫނެވެ. އެ ބޮން ގޮވީ އެ ބޮމާ ކުޅެމުންދަނިކޮށެވެ.

އެ ބޮމަކީ ލަންކާގެ ބޮޑު ހޮޓަލެއް ކަމުގައިވާ ތާޖް ސަމުދްރަ ހޮޓަލުގައި ގޮއްވާލަން އުޅުނު ބޮމެކެވެ. އެ ބޮން ގޮއްވާލަން އުޅުނީ އަބްދުއްލަތީފް ޖަމީލް މުހައްމަދު ކިޔާ މީހެއް ކަމަށް މަސްދަރުތަކާ ހަވާލާދީ ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވެއެވެ.

އެހެން ބޮންތައް ގޮއްވާލި ވަގުތު، ހެނދުނުގެ ނާސްތާގެ ވަގުތު އަބްދުއްލަތީފްވެސް ހުރީ ތާޖް ސަމުދްރަ ހޮޓެލްގެ ރެސްޓޯރެންޓްގައި ކަމަށާއި ނަމަވެސް އެ ބޮން ގޮޥާގޮތް ނުވުމުން ބޮން ރައްކާކޮށްފައި އޮތް ދަބަސް ރެސްޓޯރެންޓްގައި ބާއްވާފައި އޭނާ ދާން އުޅުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާ އެ ދަބަސް ބަހައްޓާފައިދާތީ ވޭޓަރަކު އޭނާގެ އަތަށް އެ ދަބަސް އަލުން ދިން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ދެން އޭނާ ދިޔަކަމަށް ވަނީ ދެހިވަލައިގާ ހުންނަ ކުޑަ ގެސްޓްހައުސްއެއް ކަމުގައިވާ "ދަ ޓްރޮޕިކަލް އިން" އަށެވެ. އެ ބޮން ގޮވީ، ބޮން ނުގޮވީ ކީއްވެތޯ ބަލަން އޭނާ އެ ބޮމާ ކުޅެނިކޮށް ކަމުގައި ބެލެވޭކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެބޮން ގޮވުމުގެ ސަބަބުން އިތުރު އެކަކު މަރުވެފައިވެއެވެ.

އަބްދުއްލަތީފް ޖަމީލް މުހައްމަދަކީ އިނގިރޭސިވިލާތުން ތައުލީމު ހާސިލުކޮށް އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާމީހެކެވެ. އޭނާގެ މި ވާހަކަތައް ތިލަވެފައިވީނަމަވެސް އަބްދުއްލަތީފްގެ ފޮޓޯއެއް އަދި އާއްމުވެފައެއް ނުވެއެވެ.

[contentcards url="https://dhuvas.mv/85487" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް