މޫދަށް ފޭބި ބިދޭސީ އަކު ގެއްލިގެން ހޯދަނީ

ކ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ރަށެއް ކަމަށްވާ އޮޅުވެލީގައި މަސައްކަތް ކުރަމުންދިޔަ މީހަކު މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ ފިރިހެނެކެވެ. އެމ...

25 Apr 2018 | 18:48

ކ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ރަށެއް ކަމަށްވާ އޮޅުވެލީގައި މަސައްކަތް ކުރަމުންދިޔަ މީހަކު މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ ފިރިހެނެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ފަށާފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:25 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

ބިދޭސީ އަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އައްޑޫ ސީޓީގައި މިދިޔަ ހޮނިހިރު ދުވަހު މޫދަށް އރުނު ދެ ކުދިން ވަނީ ގެއްލިފަ އެވެ. އެ ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ސިފައިން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް