އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، 2017 ވަނަ އަހަރުގެ ފައިދާ އިން ޑިވިޑަންޑުގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާ ބަހަން އާންމު ޖަލްސާގައި ހުށައެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ހިއްސާއަކަށް ބަހާނެ އަދަދު ނިންމި އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތަފްސީލެއް ނޭނގެ އެވެ. އެ ތަފްސީލުތައް އެނގޭނީ އަހަރީ ރިޕޯޓު އާންމު ކުރުމުންނެވެ.
އެ ކުންފުނިން 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބެހި އެވެ. އެއަހަރު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް