ރައީސް ޔާމީންގެ ވެރިކަމުގައި އައިސްފައިވާ ތަރައްގީއަށް ފޮތެއް ނެރެފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ އާއި ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް "ރަށްވެހި ތަރައްގީ" ގެ ނަމުގައި ނެރެފި އެވެ. މި ފޮތް ރަސްމީކޮށް ނ...

25 Apr 2018 | 07:32

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ އާއި ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް "ރަށްވެހި ތަރައްގީ" ގެ ނަމުގައި ނެރެފި އެވެ.

މި ފޮތް ރަސްމީކޮށް ނެރެދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން އެވެ. މި ފޮތަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓުން އިސްނަގައިގެން ސަރުކާރުގެ އޮފީސްތަކާއި މުައައްސަސާތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ފޮތުގައި 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ އުމްރާނީ އަދި އިގްތިސާދީ ތަރައްގީ އާއި ގުޅޭ 21 މަޝްރޫއެއްގެ މައުލޫމާތު ހިމަނާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުންދާ މަޝްރޫއުތަކުގެ މަޢުލޫމާތުގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ހިންގަވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުވެސް މި ފޮތުގައި ހިމަނާފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި ފޮތް އަމާޒުކޮށްފައިވަނީ ރިސާޗަރުންނަށާއި ޔުނިވާސިޓީ ދަރިވަރުންނަށް ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ކިޔަވާކުދިންނަށާއި ރިސާޗަރުންނަށް ލިބޭނެ ވަރަށް އަވަހަށް ހަދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް