ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމުގެ ފަތްކޮޅު ނަޝީދަށް އަރުވައިފި

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް  ހ. ފޮއްދޫގޭ މުހައްމަދު ނަޝީދު (ކާނަލް)  އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ. މިކަމަށްޓަކައި މިއަދު ރައީސް އޮފީހު...

25 Apr 2018 | 07:14

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް  ހ. ފޮއްދޫގޭ މުހައްމަދު ނަޝީދު (ކާނަލް)  އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

އެމަގާމަށް ނަޝީދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެވެ. ނަޝީދަށް މަގާމުގެ ފަތްކޮޅު ދެއްވާފައި މިވަނީ ރުހުން ދިންތާ އަހަރެއްވާން ކައިރިވެފައި ވަނިކޮށެވެ.

ނަޝީދު އިސްކޮށް ހުންނަވައިގެން ހިންގާ ޑީއާރުޕީ އަކީ ސަރުކާރާއި ކޯލިޝަން ހަދާފައިވާ ޕާޓީ އެކެވެ. އަދި ނަޝިދުވެސް ގެންދަވަނީ ސަރުކާރަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރައްވަމުންނެވެ،

ކާނަލް އެންމެ ފުރަތަމަ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވީ އެމްޑީޕީގެ ފަރާތުންނެވެ. މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީވެސް އެ ޕަޓީގެ ޓިކެޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް