ކޯލިޝަން ސަރުކާރެއް ހިންގާނެ ގޮތުގެ ކަރުދާހެއް އެކުލަވާލާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ކަރުދާސް މިހާރު ކޯލިޝަން ޕާޓީތަކުގެ ލީޑާރުންނާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ. އެ ކަރުދާހުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ކޯލިޝަން ސަރުކާރެއް ކުރިޔަށް ގެންދާނެ ގޮތް ފުރިހަމައަށް ލިޔެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކޯލިޝަނުން އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން މަސައްކަތް ކުރުމަށް "އަށާރަނަވާރަ" ކިޔާ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ކޮމިޓީއަކީ ރިޔާސީ އިންތިޚާބުގެ އިތުރުން 2019 ގެ ރިޔާސީ އިންތިޚާބުގައި ވެސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން އުފެއްދި ކޮމެޓީއެއް ކަމަށް އިބޫ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އިންތިޚާބަށް ހުޅުވާލުމުން، އިދިކޮޅުގެ އެއް ކެންޑިޑޭޓު ފެންނާނެ ކަމަށެވެ. އިންތިޚާބަށް ވާދަކުރާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެ ކެންޑިޑޭޓުގެ ނަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޕީއެމްއިން ނެރޭ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށްވާއިރު އެމަނިކުފާނަށް އިންތިހާބު ކާމިޔަބު ނުވާނެކަން އެމީހުން ގަބޫލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް