ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ކައިވެނީގެ ވާހަކަ އަކީ މިހާރު އެންމެ ހަލުވި ކަމާއި އެކު އިންޑިއާގެ މީޑިއާގައި ފެތުރެމުންދާ އެއް ވާހަކަ އެވެ.
ކައިވެނި އޮންނަ ގައުމު ތިން ފަހަރެއްގެ މަތިން ނޫސްތަކުގައި ބަދަލުކޮށްގެން ޖަހާފައިވެ އެވެ. މިހާތަނަށް ރިޕޯޓުތަކުގައި ވާގޮތުގައި ސޯނަމްގެ ކައިވެނި ކުރާ ގައުމުތައް ވަނީ ލަންޑަނުން ސުވިޒަލޭންޑުން އިންޑިއާއަށް ބަދަލުވެފަ އެވެ.
ކޮންމެ ފަހަރަކުވެސް ވަކި ގައުމެއްގެ ނަން ޖަހާފަ ހަބަރު ގެނެސްދެނީ ސޯނަމްގެ ވަރަށް ގާތް މީހަކާއި ހަވާލާދީ އެވެ. އެމީހަކީ ކާކު ކަމެއް ނޭނގެ އެވެ.
އެބުނާ ގާތް މީހުންނަށް މަލާމާތް ކޮށް ސޯނަމް ވަނީ ޓުވީޓެއް ކޮށްފައި އެވެ. އޭނާ ބުނެފައިވަނީ އޭނާ އާއި ވަރަށް ގާތް މީހެއް ކަމަށް ބުނެ ނޫސްތަކަށް މައުލޫމާތު ދޭ މީހުންނާއި ހެދި ހީހީ ހަލާކުވެ މޮޔަ ވާވަރުވެފައިވާ ކަމަށެވެ.
އެބުނާ ބަޔަކާއި ހަވާލާދީ ނޫސްތަކުގައި ޖަހާ އެއްވެސް ވާހަކައެއް މިހާތަނަށް ސޯނަމް ދޮގުކޮށް ނުވަތަ ތެދުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ކައިވެންޏާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު އެންމެ ފަހުން އެ ކައިވެންޏާއި ގުޅޭގޮތުން ކުރި ރިޕޯޓެކޭ އެއްގޮތަށް ސޯނަމް ބުނެފައިވަނީ ކައިވެނި ކުރާނީ އިންޑިއާގައި ކަމަށެވެ. އެކަމަކު ކޮން ދުވަހަކު ކަމެއް ނުބުނެ އެވެ.
ސޯނަމްގެ ކައިވެނި އޮންނާނެ ކަމަށް ބެލެވެނީ އަންނަ މަހު ރިލީޒް ކުރާ އޭނާގެ ފިލްމު " ވީރް ދި ވެޑިން" އަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް