އަކްޝޭގެ ފިލްމެއްގެ ސެޓުގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއް

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކޭސަރީ" ގެ ސެޓުގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މަހާރާޝްޓްރާގައި ޝޫޓް ކުރަމުންދާ އެ ފިލްމުގެ ސެޓުގައި އަސްލު އެއްޗެއް ގޮވީ ހަނގުރާމަ...

25 Apr 2018 | 03:30

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކޭސަރީ" ގެ ސެޓުގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މަހާރާޝްޓްރާގައި ޝޫޓް ކުރަމުންދާ އެ ފިލްމުގެ ސެޓުގައި އަސްލު އެއްޗެއް ގޮވީ ހަނގުރާމައާއި ބަޑި ޖެހުމާއި ބޮން ގޮއްވުން ފަދަ މަންޒަރުތަކެއް ޝޫޓު ކުރަމުން ދަނިކޮށެވެ. އެ ގޮވުން ގޮވަން ޖެހުނު ގޮތެއް އަދި ނޭނގެ އެވެ. ރިޕޯޓުތައް ބުުނާގޮތުގައި އެ އެއްޗެއް ގޮވި އިރު އެ ދުވަހަށް ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނެގުމަށް ފަހު އަކްޝޭ ވަނީ ގޮސްފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ފިލްމުގެ ސެޓް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ ކަމަށް އެ ޓީމްގެ މީހަކާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

މިކަން ވެގެންދާނީ ޕްރޮޑްކަޝަން ޓީމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވާނެ ކަމަކަށް ކަމަށެވެ އެވެ. އެއީ އެ ފިލްމުގެ ސެޓް ހަލާކުވި އިރު ފިލްމުގެ ބޮޑު ބައި ޝޫޓްކޮށް ނިމި ބާކީ އޮތީ އެންމެ 10 ދުވަހުގެ މަސައްކަތެވެ. އެކަމަކު ބައެއް ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ ސެޓަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

މި ފިލްމުގައި އަކްޝޭ އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ޕަރްނީތާ ޗޯޕްރާ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް