ޔޫއޭއީގައި އަށް މަހުގެ ކުޑަ ފިރިހެން ކުއްޖަކަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަޒީފާ ދީފި އެވެ.
މުހައްމަދު އަލް ހާޝިމީ ކިޔާ އެ ކުއްޖާ އަކީ އެތަނުގައި މަސައްކަތް ކުރި މުވައްޒަފަކެވެ. އެ ކުއްޖާއަށް ވަޒީފާ ދިނީ އެ އަންހެން މީހާ އެތަނުގައި މަސައްކަތް ކުރީމައެއް ނޫނެވެ.
މަންމަ އާއި އެކު އެތަނަށް ގޮސް މުވައްޒަފުން ހެއްވުމާއި ހިތް ހަމަޖެހޭ ގޮތަށް އަބަދު ހިނި އައިސް އިންނާތީ އެވެ.
ބަދަލުގެ ގޮތުގައި އެ އޮތޯރިޓީން ނިންމާފައިވަނީ އެ ކުއްޖާއަށް "ޔަންގަސްޓް ހެޕިނަސް އެގްޒެކެޓިވް" މަގާމެވެ.
މިއީ މުސާރަ ކަނޑައެޅިފައިވާ ވަޒީފާއެއް ކަމެއް ނޭނގެ އެވެ. ބެލެވޭ ގޮތުގައި މިއީ މީހުންގެ ސަމާލުކަން ހޯދުމަށް އެ ކުއްޖާއަށް ދިން ވަޒީފާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް