ދިރާގުން ޖޯއިބޮކްސް އާއެކު ދިރާގު ޓީވީގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކޮށްފި

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ޖޯއިބޮކްސް އާއެކު ދިރާގު ޓީވީ މުޅިރާއްޖެއަށް ތަޢާރަފު ކޮށްފި އެވެ. ދިރާގަކީ މިހާރު ރާއްޖޭގައި ފިކްސް ބްރޯޑްބ...

25 Apr 2017 | 17:07

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ޖޯއިބޮކްސް އާއެކު ދިރާގު ޓީވީ މުޅިރާއްޖެއަށް ތަޢާރަފު ކޮށްފި އެވެ.

ދިރާގަކީ މިހާރު ރާއްޖޭގައި ފިކްސް ބްރޯޑްބޭންޑް ކަނެކްޝަން ބޭނުންކޮށްގެން ޓީވީ ޗެނަލްތައް ފޯރުކޮށްދޭ ޓޭކްނޮލޮޖީ އައިޕީޓީވީ ގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ.

ދިރާގުޓީވީގެ ޚިދުމަތް ހޯދުމަށް ބޭނުންވަނީ ދިރާގުގެ ބްރޯޑްބޭންޑް ކަނެކްޝަންއެކެވެ. މި ޚިދުމަތް ހޯދާ އެއްވެސް ފަރާތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވެންސަށް އަސަރެއް ނުކުރާނެ ކަމަށާއި އިންޓަރނެޓްގެ އިތުރު ޚަރަދެއް ނުހިނގާނެކަމަށް ދިރާގުންބުނެ އެވެ.

މި ޚިދުމަތް ގުޅާލުމުން ގޭގައި ބޭނުންކުރާ ލެޕްޓޮޕް، ފޯނު އަދި ޓެބްލެޓް ފަދަ ތަކެތިން ދިރާގު ނެޓްވޯރކް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ޓީވީ ބެލޭނެ އެވެ.

މި ޚީދުމަތް ތަޢާރަފު ކުރުމަށް މިރޭ ބޭއްވުނު ނިއުސް ކޮންފަރެންސެއްގައި ދިރާގުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަލްފާޟިލް އަހްމަދު މައުމޫނު ހާމަކުރެއްވި ގޮތުގައި މި ކަނެކްޝަން ލުމަށް އެންމެފުރަތަމަ ނަންނޯޓު ކުރައްވާ 100 މީހުންނަށް މި ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމާއެކު އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީވެސް ހިލޭ ލިބިގެން ދާނެ އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މަޢުލޫމާތުގެ ޗެނަލްތަކާއި، ވީޑިއޯ އޮން ޑިމާންޑާއި ވަގުތުން ފައިސާ ދައްކައިގެން ބަލާ ޕޭ ޕާރ ވިޔު ފިލްމާއި ކެޗްއަޕް ޓީވީގެ ޚިދުމަތްވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި ތަޢާރަފު ކުރެވޭނެ ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަނާ އެކު ކަސްޓަމަރުންނަށް ވީހާވެސް ލުއި އަގެއްގައި ގިނަ ޗެނަލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއްވެސް ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.D

ރާއްޖޭގެ ހުރިހާ ޗެނަލް ތަކުގެ އިތުރުން އީއެސްޕީއެން، ސޮނީ، ޓެން ސްޕޯރޓްސް، ހިސްޓްރީ ޗެންލް، ބީބީސީ އާރތް ފަދަ ބައިނަލަޤުވާމީ ޗެނަލްތައް ދިރާގ ޓީވީ އިން ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް