ވީޑިއޯ މެދުވެރިކޮށް ޔާމީނަށް ހަމަލާދީ މަރާލި މީހުން ދެނެގެނެވިއްޖެ

ރަހުމް ކުޑަގޮތަކަށް ހަމަލާދީ މަރާލި ޔާމީން ރަޝީދަށް ހަމަލާ ދީން މީހުން ވީޑިއޯ މެދުވެރިކޮށް ދެނެގެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލ...

25 Apr 2017 | 11:36

ރަހުމް ކުޑަގޮތަކަށް ހަމަލާދީ މަރާލި ޔާމީން ރަޝީދަށް ހަމަލާ ދީން މީހުން ވީޑިއޯ މެދުވެރިކޮށް ދެނެގެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިޔަށް ގެންދަކަމަށެވެ. އެގޮތުން ޔާމީން ދިރިއުޅުނު މ. ސްޕެޓިއުލާ ހިމެނޭ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމަރާތަކުގައި ހުރި ވީޑިއޯތައް ބަލައި ތަހުގީގު ކުރރަމުންދާ ކަމަށެވެ.

ނަވާޒު ވިދާޅުވީ އެ ވީޑިއޯތަކުން ޔާމީން މަރާލި ހުރިހާ އެންމެން ދެނެގެނެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ފުލުހުންނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. ފުލުހުން ވަނީ އިތުރު މީހުން ހޯދުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އާންމުންގެ ކިބައިން އެދިފައި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

https://www.youtube.com/watch?v=NIQt8z-PxZ4

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް