ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް އަންނަ މަހުގެ ފަސްވަނަ ދުވަހު ވިއްކަން ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ޕްރީ ރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައި އެވެ. މިއަދު ދިރާގުން ވަނީ ގެލެކްސީ އެސް8 އަދި ގެލެކްސީ8 ޕްލަސް ދައްކާލުމަށް ހާއްސަ ހަފްލާއެއް ބާއްވާފައި އެވެ.
މިއަދުގެ ހަފްލާގައި ފޯނުތައް ދައްކާލީ ސެމްސަންގުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ޔޮންމިންގް ޝިން އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ އެވެ.
ދިރާގުން ސެމްސަންގް ގެލެކްސީ އެސް8 ފޯނު ވިއްކާނީ 13،499ރ. އަށެވެ. އަދި އެސް8 ޕްލަސް ފޯނު ވިއްކާނީ 15،499ރ. އަށެވެ. ދިރާގުން ބުނީ މިހާރު ހުޅުވާލާފައިވާ ޕްރީ ރެޖިސްޓްރޭޝަން މިރޭ 12:00 އާއި ހަމައަށް ކުރިޔަށް ދާނެ ކަމަށެވެ.
ދިރާގުން ބުނީ ދިރާގު މެދުވެރިކޮށް ފޯނު ގަތުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމެންޓަށް ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފޯނު ގަންނަ ފަރާތްތަކަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ އެވެ.
ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއްގެ ފޯނު ލިބެން ހުރެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑް އެވެ. ދިރާގުން ބުނީ އެ ކުންފުނި މެދުވެރިކޮށް ޕްރީ ރެޖިސްޓާ ކުރާ ފަރާތްތަކަށް އެ ދެކު ލައިގެ ފޯނަށްވެސް އޯޑަރު ކުރެވޭނެ ކަމަށެވެ.
މި ދެ ފޯނަކީ ބްލޫޓޫތު 5 އެންމެ ފުރަތަމަ ހިމެނި ދެ ފޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް