ބަނގުރާ ފުޅިތަކަކާއި އެކު މާލޭގެ ގެއަކުން ހަތް މީހުން ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި އެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގެ އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުން...

25 Apr 2017 | 08:36

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި އެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގެ އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކައި ހަ މީހަކު ކަމަށެވެ. އަދި ހުސް ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގެއެއްގެ ތިން ވަނަ ފަންގިފިލާ ބަލާ ފާސްކުރި އިރު ހަތަރު ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފާސްކުރި ކާރެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް