ޝަރީއަތް ނިމެންދެން ޒައިދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރިއަތްތައް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ކްރިމ...

25 Apr 2017 | 08:22

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރިއަތްތައް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒައިދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މުޅިން އެހެން ތިން މައްސަލައެއްގައި އެވެ. ޒައިދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އަދި ގާނޫނީ ބާރު ހިންގަން ދަތި ކުރުމުގެ ދައުވާ އެވެ.

އެ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އިރު ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. .

މިއަދުގެ ޝަރީއަތަށް ފަހު ޒައިދުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެކަމަކު ދައުލަތުން އުފުލި ދައުވާތަކަށް މިއަދުގެ އަޑުއެހުމުގައި ޒައދު ވަނީ އިންކާރު ކުރައްވާފައި އެވެ.

ދެން މި މައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި ދެވަނަ ދުވަހު އެވެ.

ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު ޒައިދު ގޭބަންދަށް ބަދަލު ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ބްލެއިކް މެއިލްގެ ތުހުމަތުގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން އެއްފަހަރު ގޭބަންދަށް ބަދަލުކުރި އިރު ދެން މުޅިންވެސް ހުރީ ފުލުހުންގެ ބަންދުގައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް