އީޝަ ޑިއޯލްވެސް ބަނޑުބޮޑު!

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ. ވިހާނެ ކަމަށް ލަފާ ކުރާ މަސް ނުވަތަ ދުވަސް ހާމަ ނުކުރިނަމަވެސް އެ ދެމަފިރިން...

25 Apr 2017 | 07:26

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

ވިހާނެ ކަމަށް ލަފާ ކުރާ މަސް ނުވަތަ ދުވަސް ހާމަ ނުކުރިނަމަވެސް އެ ދެމަފިރިންނާއި އާއިލާގެ ފަރާތުން ވަނީ އީޝާ ބަނޑުބޮޑުކަން ހާމަކޮށްފައި އެވެ. އަދި ބުނެފައިވަނީ ދެމަފިރިންވެސް ތިބީ އަލަތު ދަރިފުޅު ލިބެން އުޅޭތީ އުފަލުން ކަމަށެވެ.

ކައިވެންޏަށް ފަހު ބޮލީވުޑާއި ތަންކޮޅެއް ދުރުގައި އުޅޭ އީޝާ އަށް ދަރިއަކު ލިބެން އުޅޭތީ ކުރީގެ މަޝްހޫރު ތަރި އަދި އީޝާގެ މަންމަ ހެމާ މާލިމީވެސް ހުރީ ވަރަށް އުފަލުން ކަމަށްވެ އެވެ. އީޝާ އަކީ ހެމާ އާއި ދަރްމެންދްރާގެ ދަރިއެކެވެ.

އީޝަގެ ފިރިމާހާ ބާރަތު އަކީ މުމްބާއީގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ކުޑައިރު އެކުވެރި އެ ދެމީހުން ވަކިވީ ކިޔަވާ ނިމުނު ހިސާބުން ދެމީހުން ކެރިއަރައިގެން ކުރިޔަށް ދާން ފެށި ހިސާބުންނެވެ.

ފަހުން ދެމީހުން ބައްދަލުވީ 2011 ވަނަ އަހަރު އެވެ. އީޝާ އާއި ބާރަތު ކައިވެނި ކުރީ 2012 ވަނަ އަހަރުގެ ޖޫން ގައި އެވެ.

އީޝާގެ އިތުރުން މި ހަފްތާގައި ސައިފް އަލީ ހާންގެ ކޮއްކޮ ސޮހާ އަލީ ހާންވެސް ވަނީ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފައި އެވެ. ސޯހާ އާއި ކުނާލްގެ ފުރަތަމަ ދަރިފުޅު ވިހާނެ ކަމަށް ބުނެފައި ވަނީ މިއަހަރުގެ ފަހުކޮޅުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް