ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފާއި ބައްދަލު ކުރައްވައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ މި ބ...

25 Apr 2017 | 06:43

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފާއި ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން މިނިސްޓަރު ޑރ އާސިމްގެ މި ދަތުރުފުޅާއި ގުޅޭގޮތުންވެސް މިނިސްޓްރީން ހަމައެކަނި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއް ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ޕާކިސްތަނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރަށް ހާރިޖީ ދާއިރާއިން ލަފާ އަރުއްވާ މުޝީރުސަރްތާޖް އަޒީޒް އާއިވެސް މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޕާކިސްތާންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އިބްރާހިމް ޝިހާބު އަދި ޑިރެކްޓަރު އާމިނަތު ޝަބީނާ ބައިވެރިވެ ވަޑައިގެންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް