ހޮލީވުޑް ގައި ފިލްމަކާއި އެމެރިކާގެ ޓީވީ ސީރިއަލް އެއް ނިންމާލުމަށްފަހު ބޮލީވުޑްގެ "ދޭސީގާލް" ޕްރިޔަންކާ އިންޑިޔާއަށް ގޮސްފައިވަނީ ޝާރުކް އާއެކު ފިލްމެއް ކުޅެންވެގެން ކަމަށް އިންޑިޔާގެ މީޑިއާގައި ވަނީ މި ހަފްތާގެ ކުރީ ކޮޅުގައި ރިޕޯޓުކޮށްފަ އެވެ.
ހިންދީ ސިނަމާތަކަށް ރީތި ފިލްމުތަކެއް ނެރޭ ސަންޖޭ ލީލާ ބަންސާލީ އޭނާގެ "ގުސްތާކިޔާން" ގެ ނަމުގައި އުފައްދަން އުޅޭ ފިލްމަށް ކާސްޓުންގެ ގޮތުގައި ނަގަން ހަމަޖައްސާފައިވަނީ ޕްރިޔަންކާ އާއި ޝާރުކް ހާން އެވެ.
އެންމެ ފުރަތަމަ މި ފިލްމުގެ ފިރިހެން ބަތަލުގެ ރޯލު ފަރްހާން އަޚްތަރު އަށް ދޭން އުޅެފައި އެ ރޯލް ދިނީ އިރުފާން ޚާން އަށެވެ. އެހެންނަމަވެސް ޕްރިޔަންކާ އެ ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނެކަމަށް ބުނުމުން ސަންޖޭ ލީލާ ބަންސާލީއަށް ފެނުނީ ޕްރިޔަންކާ އާއި އެކު ޝާރުކް ޚާން އެފިލްމުގެ ބަތަލުގެ ގޮތުގައި ނެގުމެވެ.
ޝާރުކް ހާން ފުރަތަމަ މި ފިލުމަށް އާއެކޭ ބުނި ނަމަވެސް އޭނާ އާއި ޕްރިޔަންކާއާއި ދޭތެރޭ ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާ ވަނީ އެ ފިލްމަށް ނޫނެކޭ ބުނެފަ އެވެ.
"ޑޯން" ގެ ދުވަސްވަރު ޕްރިޔަންކާ އާއި ޝާހު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކަކީ އެ ދުވަސްވަރު އެންމެ ބޮޑަށް ވާހަކަދެކެވުނު މަޢުޟޫ އެވެ.
މި ނުރުހުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބުނީ އަބީޝޭކް އަށެވެ. ސަންޖޭލީލާ ބަންސާލީ މި ފިލްމް މިހާރު ދޭން އުޅެނީ އަބީޝޭކް އަށެވެ.
ޕްރިޔަންކާ އާއި އަބީޝޭކް އަކީ ކުރިންވެސް ސިނަމާތަކުން އެއްކޮށް ފެނިގެންދިޔަ ދެ ތަރިންނަށް ވި ކަމުގައިވިޔަސް މި ދެ ތަރިންނަކީ ގާތް ދެ ރަހުމަތްތެރިންވެސް މެއެވެ.
"ބްލަފް މާސްޓަރ" "ދޯސްތާނާ" "ޑްރޯނާ" ފަދަ ފިލްމުތަކުން ފެނިގެންދިޔަ މި ދެތަރިން އެކުގައި މަސައްކަތް ކުރާތަން ބަލާ ހިތވާނޭ އެތަކެއް ފޭނުންނެއް ތިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް