އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަން ނިމުމު ފަހުން އާއްމުންގެ ކުރިމައްޗަށް ނާރާތާ ދުވަސްކޮޅެއް ވެދާނެ އެވެ.
އެހެންނަމަވެސް އިއްޔެ އެމަނިކުފާނު ވަނީ ޔުނިވާސިޓީ އޮފް ޗިކާގޯގައި އޮތް އިވެންޓަކުން އާއްމުންނަށް ފެނިފަ އެވެ. އޮބާމާ އެ އިވެންޓަށް ގޮސްފައި ވަނީ އެ ކޮލެޖްގެ ދަރިވަރުންނަށް އިސްނެގުމާއި ފަރުދީ ޒިންމާ އާއި ބެހޭގޮތުން ތަގުރީރެއް ދެއްވުމަށެވެ.
އޮބާމާއަކީ ވާހަކަދެއްކުމުގައި ހުނަރުވެރި ބޭފުޅެއްކަމުން އެ އިވެންޓުގައި ވާހަކަފުޅު ފެއްޓެވީ ދަރިވަރުނާއި ބަލަންތިބި އެހެނިހެން މީހުން ހެއްވާލާނެ ފަދަ މަޖާ ވާހަކައަކުންނެވެ.
އޮބާމާ ވަނީ މި ވާހަކަ ކޮޅުގައި ދެން އެމަނިކުފާނަށް ވާން އޮތް އެއްމެ މުހިންމު ކަމަކީ އަންނަން އޮތް ޖީލަށް ދުނިޔެ ބަދަލުކުރުމަށް ތައްޔާރުކުރުން ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް