ލަންޑަނުގައި ކުރިއަށްދިޔަ ދުވުމުގެ ރޭހެއްގައި ދުވުންތެރިޔެއް ކުޅިވަރުގެ ރީތި މިސާލެއް ދައްކައި ދީފި އެވެ.
މެތިވް ރީސް ވަނީ އޭނާގެ އިދިކޮޅު ދުވުންތެރިޔާ ޑޭވިޑް ވިޔެތް އަށް ރޭސް ނިންމުމުގައި އެހީވެ ކުޅިވަރުގެ ރޫހުގެ އާ މިސާލުތަކެއް ބަލަންތިބި މީހުންނަށް ދައްކާފަ އެވެ. މެތިވް ރޭސް ނިންމަން ކައިރިވެފައި ވަނިކޮށް އޭނާއަށް ފަހަތުން ޑޭވިޑް އަށް ރޭސް ނިންމުމުގައި އުދަގޫތަކެއް ދިމާވާތީ އޭނާއަށް އެހީވުމުގެ ގޮތުން ރޭސް ނުނިންމާ އޭނާ ކައިރިއަށް ދިޔަ އެވެ.
އޭގެ ފަހުގައި އޭނާއަށް ހިތްވަރުދެމުންރޭސް ނިމެން ކައިރިވެފައިވާކަން އޭނާއަށް ކިޔައިދެމުން އޭނާ ގޮވައިގެން އައިސް ރޭސް ނިންމީ އެވެ.
މެތިވް އަށް އެންމެ ކުރިން ރޭސް ނުނިމުނު ކަމުގައި ވިޔަސް އޭނާ ވަނީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައ އެވެ. ރޭސް ބަލަން ތިބި އެންމެން ދިޔައީ އޭނާގެ ތަޢުރީފުކުރަމުންނެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ދަނީ އޭނާއަށް ޓްވިޓާރގައި ތަޢުރީފުތައް ރައްދު ކުރަމުންނެވެ.
https://twitter.com/LondonMarathon/status/856116484824862721
ރީންވިޗް ޕާކުން ފެށިގެން ބަކިންގްހަމް ޕްލްސް އާހަމައަށް ކުރިޔަށް ގެންދިޔަ އެ ރޭހުގައި 40 ހާހަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް