ފޮކްސްއިން ގެނެސްދޭ "އެކްސް މޭން"ގެ ފޭނުނަށް އަންނަ އަހަރަކީ ވަރަށް އުފާވެރި އަހަރަކަށް ވެގެންދާނެއެވެ.
އެކްސް މޭންގެ ތިން ފިލްމެއް އަންނަ އަހަރު ރިލީޒްކުރުމަށް ވަނީ ނިންމާފައި އެވެ. ފޮކްސްއިން މިހާރުވަނީ އެ ތިން ފިލްމު ރިލީޒްކުރާނެ ތާރީޙްވެސް އިޢުލާނުކޮށްފައެވެ.
ފުރަތަމަ ފިލްމު، "ނިއު މޫޓަންޓްސް" ރީލީޒްކުރާނީ 13 އެޕްރީލް 2018 ގައެވެ. ދެވަނަ ފިލްމު، "ޑެޑްޕޫލް 2" ރީލީޒްކުރާނީ އެކެއް ޖޫން 2018 ގައެވެ. ތިންވަނަ ފިލްމު، "އެކްސް-މެން: ޑާރލް ފީނިކްސް" ރިލީޒްކުރާނީ ދޭއް ނޮވެމްބަރ 2018 ގައެވެ.
އެތަނުން އެއް ފިލްމަކީ ޒުވާން އުމުރުފުރާއަށް ޚާއްޞަކޮށްފައިވާ ހޮރޯ ބެންޓް ފިލްމެކެވެ. އަނެއް ފިލްމަކީ އަލްޓްރާވައެލެންޓް، އާރް ރޭޓެޑް ކޮމެޓީ ފިލްމެވެ. އަދި ތިން ވަނަ ފިލްމަކީ ސުޕަހީރޯ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަ ފިލްމެކެވެ.
މި ފިލްމު ތަކުގެ ތެރެއިން ފުރަތަމަ ރިލީޒް ކުރާ ފިލްމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ. އެކަމަކު ފިލްމުގައި ހިމެނޭ ތަރިންނަކީ ކޮބައިކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް