ކޯވިޑް-19: އިތުރު ތިން މީހަކު ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދ...

25 Mar 2020 | 13:54

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެފައިވާއިރު މިހާރު ޕޮޒިޓިވް ވެފައި ތިބީ ފަސް މީހުން ކަމަށެވެ.

މިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ފަހުން އިއުލނުކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ވެލިދޫ އައިސޮލޭޝަންގައި ތިބި ތިން މީހަކު ރަނގަޅުވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް