ނިއުޒިލެންޑު މިސްކިތް ހާދިސާއާއި ގުޅުވައި އެމެރިކާ މިސްކިތެއްގައި އަލިފާން ރޯކޮށްފި

ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުވައި އެމެރިކާގެ ކެލިފޯނިއާގެ މިސްކިތެއްގައި އަލިފާން ރޯކޮށްފިއެވެ. ފަޔަރމަނުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބ...

25 Mar 2019 | 16:26

ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުވައި އެމެރިކާގެ ކެލިފޯނިއާގެ މިސްކިތެއްގައި އަލިފާން ރޯކޮށްފިއެވެ.

ފަޔަރމަނުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ދަންވަރު 03:15 ހާއިރު ހިންގި މި އަލިފާނުގެ ހާދިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮންޓްރޯލު ކުރެވުނު ކަމަށެވެ. އަދި މިކަމާ ގުޅޭ ނޯޓެއް ފެނުނު އިރު މި ރޯކޮށްލުމަކީ ނިއުޒިލެންޑް މިސްކިތަށް ދިން ހަމަލާ އާއި ގުޅުވައި ކޮށްފައިވާ ރޯކޮށްލުމެއްކަން އެނގޭ ކަމަށެވެ.

ނަމަވެސް އެ ނޯޓުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މި އަލިފާނުގެ  ހާދިސާގެ ސަބަބުން މިސްކިތުގެ އިންޓީރިއަރ އަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެފައިވާކަމަށް ބުނެފައިވެއެވެ.

މިސްކިތުގައި އޭރު ތިބި ބައެއް މީހުން ބުނެފައިވަނީ އަލިފާން ރޯކޮށްލި އިރު މިސްކިތުގައި ހަތް މީހަކު ނިދަން ތިބި ކަމަށާއި އަލިފާން ނިއްވާ ފުޅިން އަލިފާން ނިއްވަން މަސައްކަތް ކުރި ނަމަވެސް ނިއްވާ ނުލެވުނު ކަމަށާއި ފަޔަރަށް ގުޅީ އެހެންވެ ކަމަށް ބުނެފައިވެއެވެ.

އެ މިސްކިތުގެ އިމާމު ބުނެފައިވަނީ ނަމާދު ކުރުން ހުއްޓުވައި ނުލެވޭނެ ކަމަށާއި އެ ވަރުގެ ބިރެއް ނުދެއްކޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް