އުރީދޫ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުން ދުމުގެ އަސަރު ފެނިގެން އެ އިމާރާތް ހުސްކޮށްފިއެވެ.
ހ. ސަންލީޓުން މީހުން ހުސްކޮށްފައިވާއިރު ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދުން އެރީ ކަރަންޓު ޝޯޓެއް ވެގެން ކަމަށާއި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ހަތްވަނަ ފަންގިފިލާގައި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް