ދިރާގު މުވައްޒަފުންގެ ޑެސްކަޕް މުބާރާތް ނިމިއްޖެ

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވުނު 15 ވަނަ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ނިމިއްޖެއެވެ. 2005 ވަނަ އަހަރުން ފެށިގެން ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއް ...

25 Mar 2019 | 12:44

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވުނު 15 ވަނަ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ނިމިއްޖެއެވެ.

2005 ވަނަ އަހަރުން ފެށިގެން ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއް ކަމުގައިވާ ސޮކަރ ކަޕް ނުވަތަ "ޑެސްކަޕް" މިދިޔަ ހުކުރު ދުވަހު ނިމިއްޖެ އެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 16 މާރިޗް އިން 22 މާރިޗް 2019 އަށެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

އެގޮތުން މެންސް ޕްރިމިއަރ ލީގު ފައިނަލުގައި "ވޯކަމޮލީސް" އަދި "ރޮކް ޔުނައިޓެޑް" ބައްދަލު ކުރި މެޗް 3-0 އަކުން ކާމިޔާބު ކޮށްފައިވަނީ "ވޯކަމޮލީސް" އެވެ.  މެންސް ސުޕަރ ލީގު ފައިނަލުގައި "އެނބުރިގޭސް ޔުނައިޓެޑް" އަދި "ނޭނގެ ނޭނގެ" ބައްދަލު ކުރި މެޗް 5-1 އަކުން ކާމިޔާބު ކޮށްފައިވަނީ "އެނބުރިގޭސް ޔުނައިޓެޑް" އެވެ.  އަދި ވިމެންސް ފިއެސްޓަރ ގެ ފައިނަލުގައި "ސޭލްސް ގަރލްސް" އަދި "ސީއެސްސީ ފޯރސް" ބައްދަލުކުރި މެޗް 2-1 އަކުން ކާމިޔާބު ކުރީ "ސޭލްސް ގަރލްސް" އެވެ.

މީގެ އިތުރުން ހޮވާލެވުނު އިނާމު ތަކުގެ ތެރޭގައި ކޮންމެ ޑިވިޝަނަކުން ޓޮޕް ސްކޯރާ، ފެއަރ ޕްލޭ ޓީމް، ބެސްޓް ޕްލޭޔަރ އަދި ޑްރީމް ޓީމްސް ހިމެނެއެވެ.

މި މުބާރާތަކީ ދިރާގު މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ ގޮތުންނާއި، މުވައްޒަފުންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް