ޓެކްސް ނުދައްކާ ދެ ކުންފުންޏަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮއްފިއެވެ.
ހުކުމް ކޮއްފައިވަނީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުއާއި ގްލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު އަށެވެ. މި ދެ ކުންފުންޏަށްވެސް މިއަދު ވަނީ ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮއްފައެވެ.
އެގޮތުން ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ ހަ ލައްކަ ނުވަދިހަ ތިން ހާސް އެއް ސަތޭކަ ފަސް ޑޮލަރު ދައްކަންޖެހިފައިވާއިރު، މި އަދަދު ފަސް މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް ވަނީ ހުކުމް ކޮއްފައެވެ.
އަދި ޓެންގީ ގްލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ ދެ ލައްކަ ހަތްދިހަ ނުވަ ހާސް ދެ ރުފިޔާ، އަރަމުންދާ ޖޫރިމަނާއާއެކު، ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް ވަނީ ހުކުމް ކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް